ހއ. އުލިގަމު ސިޓީ ހޮޓަލާއި ޔޮޓު މެރީނާގެ މަޝްރޫޢު އަލުން ބީލަމަށް ލުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނީ، ހއ.އުލިގަމުން ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްޤީ ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލެވުނު ބީލަމާއި ގުޅޭ އުލިގަމުގައި ޔޮޓު ބަނދަރަކާއިއެކު ހޮޓަލެއް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން ދޫކުރުމަށް 11 އޮކްޓޯބަރ 2020 ގައި އެމިނިސްޓްރީއިން އިޢުލާން ކުރުމާއި ގުޅިގެން ގިނަ ފަރާތްތަކުން މިބީލަމާއިބެހޭ ގޮތުން މަޢުލޫމާތު ސާފުކޮށްފައިވާކަމަށާއި، އަދި 2 ފަރާތަކުން ބީލަން ފޮތް ގަނެފައިވާކަމަށެވެ.
ނަމަވެސް މިމަޝްރޫޢު އަލުން ބީލަމަށް ލުމަށް ނިންމާފައިވަނީ، 5 ނޮވެމްބަރ 2020 ގައި ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީކަމަށްވެސް އެމިނިސްޓްރީއިންވަނީ ބުނެފައެވެ. ޓޫރިޒަމް މިނިސްޓްރީއިން ބުނީ، މި ނޮވެންބަރު މަހުގެ ތެރޭގައި އުލިގަމުގައި ޔޮޓު ބަނދަރާ އެކު ހޮޓަލެއް ތަރައްޤީކުރުމަށް ބީލަން އަލުން ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.
ހއ. އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ޔޮޓް ބަނދަރަކާއެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 4 ވަނަ ދުވަހުއެވެ.
އުލިގަމު ސަރަޙައްދުން ދުނިޔޭގެ މަޝްހޫރު ގައުމުތަކުގެ ޔޮޓްތައް ދަތުރުކުރެއެވެ. އެގޮތުން ޗައިނާ، ޖަޕާން ދެކުނު އެފްރިކާފަދަ ބޮޑެތި ގައުމުތަކަށް ކަނޑުއުޅަނދު ފަހަރު ދަތުރުކުރުމަށް މަގެއްގެ ގޮތުގައި އެ ސަރަހައްދު ބޭނުން ކުރާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން، ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓެއް ބަނދަރުކޮށްފައިވަނީވެސް ހއ. އުލިގަމަށެވެ. ޗައިނާގެ އެޔޮޓު އުލިގަމުގައި ބަނދަރުކުރީ މިދިޔަ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހުއެވެ.
އުލިގަމުގައި ޔޮޓު ބަނދަރަކާއި އެކު ޓުރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ




