ޑޮކްޓަރަކާއި މެޑިކަލް ސްޓާފެއް ވެގެން ޕޭޝަންޓެއް ރޭޕްކޮށް މަރާލައިފި

އިންޑިއާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރަކާއި މެޑިކަލް ސްޓާފެއް ވެގެން ޕޭޝަންޓެއް ރޭޕްކޮށް މަރާލައިފިއެވެ.

އިންޑިއާގެ އަޓާ ޕްރަޑޭޝްގެ މެންޖްހެންޕާ ގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއްގައި މި ކުއްޖާ ރޭޕް ކޮށް ޖިންސީ އަނިޔާ ކޮށްފައިވާކަން މަރުވުމުގެ ކުރިން އޭނާގެ މައިންބަފައިން ކައިރީ ބުނެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި މައްސަލަ ހޮސްޕިޓަލްގެ މެނޭޖްމެންޓަށް އެ ކުއްޖާގެ ބައްޕަ ހުށައެޅުމުން، މެނޭޖްމެންޓުން ބުނެފައިވަނީ އެ ކުއްޖާ އަކީ ނަފްސާނީ ގޮތުން ބަލިކަށި ކުއްޖެއް ކަމަށެވެ. މި ކުއްޖާ ގޭންގް ރޭޕްކޮށް މަރާލާފައިވާ މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. ނަމަވެސް ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ ޑޮކްޓަރާއި އަދި ސްޓާފުން ވަނީ ފިލައިފައެވެ.

އުމުރުން 20 އަހަރުގެ މި ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ހުން އައިސް ބަނޑުގައި ރިއްސާތީއެވެ.

ކާޝަމްބީގެ އިސް އޮފިޝަލަކު ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ހޮސްޕިޓަލްގެ ލައިސެންސް ކެންސަލް ކުރާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ހޮސްޕިޓަލްގެ މެނޭޖަރ ސަންޖީވް ކުމާރް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އިންޑިއާގައި ރޭޕްގެ މައްސަލަތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މަހު އިންޑިއާގެ ކެރެލާގައި 20 އަހަރުގެ ކުއްޖަކަަށް ކޮވިޑް-19 ޖެހިގެން، އެމްބިއުލެންސެއްގައި ހެލްތް ފެސިލިޓީއަކަށް ދަތުރު ކުރި މަގުމަތީގައި އެމްބިއުލެންސްގެ ޑްރައިވަރު އެ އަންހެންކުއްޖާ ވަނީ ރޭޕް ކޮށްފައެވެ. އަދި އިންޑިއާގައި އުމުރުން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ކިޑްނެޕްކޮށް 22 ދުވަސްވަންދެން ދެމީހަކުވެގެން ރޭޕް ކޮށްފައިވެއެވެ.

ނޭޗަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިންޑިއާގައި ދުވާލެއްގެ މައްޗަށް 90 އަށް ވުރެ ގިނަ ރޭޕްގެ މައްސަލަ ރިޕޯޓް ކުރެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ