ލާޒިއޯ އަދި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ރޮނާލްޑޯއަށް އަނިޔާ ވެއްޖެ

އިޓާލިއަން ސެރީއާގައި ލާޒިއޯ އަދި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމެއްޖެއެވެ.

ލާޒިއޯގައި މިއަދު ކުޅެވުނު މިމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 15 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ގޯލް ކުރިމަތީ ހުހަށްހުރ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވަނީ، ކުއަރާޑޯ ގޯލްކުރި މައްޗަށް ހުރަސްކޮށްދިން ބޯޅައަކުންނެވެ. މިއީ މިސީޒަންގެ ސެރީއާގައި ރޮނާލްޑޯ ކާމިޔާބުކުރި ހަވަނަ ލަނޑެވެ. ރޮނާލްޑޯއަށް އަނިޔާވެ މެޗުގެ 76 ވަނަ މިނަޓްގައި ވަނީ ބަދަލުކޮށްފައެވެ.

އަދި މާގިނައިރުތަކެއް ނުވެ ނަތީޖާ ހަމަހަމަކުރުމަށް ލާޒިއޯއަށް ލިބުނު ރަނުގެ ފުރުޞަތުގައި ސެވިޗް ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ކުރިމަތިން ހުރަސްވެގެންދިޔައީ ބޯޅައަށްއެރި ލާޒިއޯގެ މުރީގީ ފައިގައި ނުޖެހިއެވެ.

ރޮނާލްޑޯގެ ކުޑަ ހުޅަށް އަނިޔާވެފައިވާކަން ކޯޗު ޕިރްލޯވެސް ހާމަކޮށްފައިވާއިރު، މާބޮޑު ތަފްޞީލެއް ދީފައެއް ނުވެއެވެ. އަދި ބެލެވޭ ގޮތުގައި މިއީ ސީރިއަސް އަނިޔާއެއް ނޫނެވެ.

ރޮނާލްޑޯގެ ލަނޑަށްފަހު މެޗުގެ ފަހު މިނަޓާއި ހަމައަށްވެސް ލީޑުގައި އޮތް ޔުވެންޓަސް މޮޅުވާން ދަނިކޮށް، ފެލިޕެ ކަސެއިޑޯ ލާޒިއޯއަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނީ މެޗުގެ އިިތުރުވަގުތުގެ ފަސްވަނަ މިނަޓްގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު ޕިރްލޯ ބުނީ، މެޗުގައި ކުޅުންތެރިން ކުޅުމާމެދު ހިތްހަމަ ޖެހުނު ނަމަވެސް މެޗުން ނުކުތް ނަތީޖާއާއި މެޗު ހިތްހަމަ ނުޖެހޭކަމަށެވެ. އަދި މެޗުގެ ފަހު ދިހަވަރަކަށް ސުކުންތުކޮޅުގައި ބޯޅަ ނުހިފެހެއްޓެވުމުގެ ސަބަބުން މެޗުން މޮޅުނުވީކަމަށްވެސް އޭނާ ބުންޏެވެ.

މިމެޗުން އެއްވަރުވެ ކުޅުނު 7 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލްގެ ހަތަރު ވަނާގައެވެ. އަދި ލާޒިއޯވަނީ 7 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައަށް ޖެހިލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ