ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ހުއްޓުވީ ކުޑަކުދިންގެ ހަވީރަށް ދޭން އުޅުނު ހަމަލާއެއް ނޫން: ފުލުހުން

ފުލުހުން ހުއްޓުވާފައިވާ ޓެރަރިސްޓް ހަމަލާއަކީ ކުޑަކުދިންގެ ހަވީރަށް ދޭން އުޅުނު ހަމަލާއެއް ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ބައެއް މީޑިއާތަކުން މިހަމަލާއަކީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ މައުލޫމާތު ފަތުރާފައިވާތީއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް، ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މި އޮޕްރޭޝަން ކުރިއަށްދާ މިންވަރަކުން މީޑީއާތަކާއި މައުލޫމާތު ފުލުހުން ހާމަކުރަމުންގެންނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް ފުލުހުންވަނީ މީޑިއާތަކަށް އިލްތިމާސް ކުރައްވާފައިވެއެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރާއި 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވެފައިވަނީ، މި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި އަދި ތ. ތިމަރަފުށީގައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ