އައްޑޫ ސިޓީގައި ހިނގައިފައިވާ އެކްސިޑެންޓެއް

ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ލ. އަތޮޅު ގަމުގައި ސައިކަލަކާއި ޕިކަޕެއް ޖެހި މިދިޔަމަހުގެ 29 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

އޮންލައިން ނޫސް ވަގުތުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޒުވާނާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބޭގޮތުގައި ނިޔާވި ޒުވާނާއަކީ އުމުރުން 29 އަހަރުގެ ލ.ގަމު މުކުރިމަގު ރުއްކުރި އަހްމަދު ފަހީމްއެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ މަޑުކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.

ވަގުތު އޮންލައިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ގަމާއި ފޮނަދޫ ލިންކް ރޯޑް ގައި ތާރު އެޅިފަހުން މަޑުކޮށްފައި އޮތް ވެހިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްތަކުގައި ނިޔާވި ތިންވަނަ މީހާއެވެ.

އަހުމަދު ފަހީމްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ ފަތިސް ނަމާދަށް ފަހު އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ