އާޖެންޓީނާގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ހާވިއާ މަޝެރާނޯ ފުޓްބޯޅައިން ރިޓަޔާރކޮށްފިއެވެ.
ބާސެލޯނާ އަދި ލިވަޕޫލަށްވެސް ކުޅުނު މަޝެރާނޯ ރިޓަޔާރފައިމިވަނީ އުމުރުން 36 އަހަރުގައެވެ. އުފަން ޤައުމު އާޖެންޓީނާގެ އެސްޓޫޑިއަންޓޭސްއަށް މިހާރު ކުޅެމުން އަންނަ މަޝެރާނޯ ރިޓަޔާރކުރިކަން އިޢުލާންކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ.
"އަހަރެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން މިއަދުން ފެށިގެން ހުއްޓާލައިފިން. އަމިއްލަ ގައުމުގައި ކެރިއަރު ނިންމާލުމުގެ ފުރުޞަތު ދިނީތީ މިކްލަބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." އާދިއްތަ ދުވަހު މަޝެރާނޯ ބުންޏެވެ.
އާޖެންޓީނާގެ ކްލަބު ރިވާރޕްލޭޓުން ކެރިއަރުފެށި މަޝެރާނޯ އާޖެންޓީނާގެ ޤައުމީ ޓީމަށް 147 މެޗު ކުޅެދީފައިވެއެވެ. އަދި އާޖެންޓީނާއާއެކު 2004، 2008 ގެ އޮލިމްޕިކް މަޝެރާނޯވަނީ ކާމިޔާބުކޮށްފައެވެ.
2006 ން 2007 ކަށް ވެސްޓްހާމްގައި އުޅުމަށްފަހު ލޯނުން އުސޫލުން މަޝެރާނޯ ދެންދިޔައީ ލިވަޕޫލަށެވެ. ލޯނު ހަމަވުމަށްފަހު ލިވަޕޫލުން މަޝެރާނީ ގަނެފައިވާއިރު ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް މަޝެރާނޯ ބަދަލުވީ 2010 ވަނަ އަހަރުއެވެ. އަދި ބާސެލޯނާގައި 8 ސީޒަން ހޭދަކުރި މަޝެރާނޯވަނީ ބާސެލޯނާއާއެކު ޗެމްޕިއަންސް ލީގު ދެފަހަރު އަދި ސްޕެނިޝް ލަލީގާ ފަސް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.
Thanks for the legacy you have left in the world of football, and especially at Barça, @Mascherano. You will always be one of us. ????❤️ pic.twitter.com/u0CcWsYpoS
— FC Barcelona (@FCBarcelona) November 15, 2020




