ވޫހާން ރިޕޯޓިންއާއި ގުޅިގެން ހައްޔަރުކުރި ނޫސްވެރިއާއަށް ފަސްއަހަރު ދުވަހުގެ ޖަލު ހުކުމެއް

ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ގެ "އައުޓްބުރޭކް" ރިޕޯޓުކުރި ޗައިނާގެ ނޫސްވެރިއަކަށް ފަސްއަހަރުދުވަހުގެ ޖަލުހުކުމެއް އައްނާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ބީބީސީގައި ބުނެފައިވާ ގޮތުގައި އުމުރުން 37 އަހަރުގެ ޗައިނާގެ ނޫސްވެރިއެއް ކަމަށްވާ ޖާންގް ޖާން މެއި މަހު ހައްޔަރުކޮށް މިހާތަނަށް ބަންދުކޮށްފައިވަނީ ޑިޓެންޝަން ސެންޓަރެއްގައެވެ. އަދި މި ނޫސްވެރިއާގެ މައްޗަށް ޗައިނާ ސަރުކާރުން ދައުވާ އުފުލައިފައިވަނީ ގައުމުގައި ހަމަނުޖެހުން އުފައްދާ ފިތުނަވެރިކުރަން އުޅުނު ކަމުގެ ދައުވާއެވެ.

ޖާންގް ޖާން އަކީ ވޫހާން އިން ފެނުނު ކޮވިޑް-19 ގެ ޚަބަރު ރިޕޯޓުކުރި ގޮތުގެ ސަބަބުން ޗައިނާ ސަރުކާރުން ފިޔަވަޅުއެޅި ހަމައެކަނި ނޫސްވެރިއާ ނޫންކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މިއަހަރުގެ ފެބުރުއަރީ މަހުވެސްވަނީ ތިން ނޫސްވެރިއަކަށް ޗައިނާ ސަރުކާރުން ފިޔަވަޅު އަޅައިފައެވެ.

ޗައިނީސް ހިއުމަން ރައިޓްސް ޑިފެންޑާސްއިން ބުނެފައިވާ ގޮތުގައި ނޫސްވެރިއާ ޖާންގް ޖާން ވޫހާން ސިޓީއަށް ދަތުރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މެއި 14 ވަނަ ދުވަހު ނޫސްވެރިއާ ގެއްލިފައިވާ ކަމަށާއި އޭގެ އެއްދުވަސްފަހުން އޭނާ ޝަންހާއީގައި ހައްޔަރުކޮށްފައިވާކަން އިނގިފައިވާ ކަމަށެވެ.

ރަސްމީ ގޮތުން ޖާންގް ޖާން ޗައިނާ ފުލުހުން ހައްޔަރުކުރިކަން އިއުލާން ކޮށްފައިވަނީ ޖޫން 19 ވަނަ ދުވަހުއެވެ. ނަމަވެސް ނޫސްވެރިއާގެ ގާނޫނީ ވަކީލަށް އޭނާއާއި ބައްދަލު ކުރެވިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ