ގާސިމްގެ ތައުރީފު ރައީސް ސޯލިހަށް!

ރާއްޖޭގެ އެތެރެ އާއި ބޭރުން ނަގާ އެކި ރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް، ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފިއެވެ.

ޤާސިމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ދެއަހަރު ވުމާއި ގުޅިގެން، ކުރެއްވި ޓްވީޓޭއްގައެވެ.

މިދުވަހުގެ ތަހުނިޔާ ފޮނުއްވާ ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތެރެ އާއި ބޭރުން ނަގާ އެކި ރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ކުރިއަށް ދިއުމުގެ ތައުފީގު ދެއްވުން އެދި ގާސިމް ދުއާ ކުރައްވާފައިވެއެވެ.

ގާސިމް އިބްރާހިމަކީ މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ލީޑަރެވެ. އެމަނިކުފާނަކީ މި ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެކެވެ. އަދި ރައީސް ސޯލިހާއި ދެ ބޭފުޅުންގެ ގުޅުން މި ދެ އަހަރު ވަރަށް ބޮޑަށް ބަދަހިވެފައިވެއެވެ. ދާދި ފަހުން ރައީސް ސޯލިހްވެސް ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

އެގޮތުން ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރަކަށް ހުންނެވި އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ހެލްތް މިނިސްޓަރގެ މަގާމަށް އެމްޑީޕީގެ މެމްބަރަކު އައްޔަނުކުރެއްވި މަރުހަލާގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ސޯލިހު ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ