އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: މަޖިލިސް

ރައީސް ޞާލިޙަކީ ބަހަށްވުރެ އަމަލު ގިނަ ބޭފުޅެއް: ރޮޒައިނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަކީ ބަހަށްވުރެ އަމަލު ގިނަ ވެރިއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު، ފާއިތުވެދިޔަ 2 އަހަރުދުވަހަކީ ގިނަގުނަ ދަތިތަކާއި ގޮންޖެހުންތަކުގެ ތެރެއިން ގިނަ ކާމިޔާބީތަކެއް ޙާސިލްކުރެވުނު 2 އަހަރުކަން ފާހަގަކުރައްވާ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

ރޮޒައިނާ ވިދާޅުވީ، މިހާ ދަތި ހާލުގައި ވެރިކަން ކުރަން ޖެހުނު ވެރިއެއް ފަހުގެ ތާރީހެއް ނުދެކޭ ކަމަށާއި ނަމަވެސް ފާއިތުވެދިޔަ ދެ އަހަރު ތެރޭ މިހާގިނަ ކަންކަން ކުރި ވެރިއެއްވެސް މިގައު ނުދެކޭ ކަމަށޭވެ. އަދި ރައީސް ޞާލިޙަކީ ބަހަށްވުރެ އަމަލު ގިނަ ބޭފުޅެއްކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 382 މަޝްރޫއެއް ފަށާފައިވާއިރު މި މަޝްރޫއުގެ ތެރެއިން 154 މަޝްރޫޢުގެ މަސައްކަތް މިވަގުތު ދަނީ ހިނގަމުންނެވެ. 62 62 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވާއިރު 66 މަޝްރޫއެއް ވަނީ ޓެންޑާ ކޮށްފައެވެ. 90 މަޝްރޫއެއް އެވޯޑް ކޮށްފައިވެއެވެ. އަދި 10 މަޝްރޫއެއް ޑިޒައިންކުރުމުގެ މަރުހަލާގައި އެބައޮތެވެ.

މި މަޝްރޫއުތަކުގެ ގެތެރޭގައި ފެނާއި ނަރުދަމާގެ 36 މަޝްރޫއަކާއި  ބަނދަރާއި ފާލަންތައް ހެދުމުގެ 68 މަޝްރޫޢަކާއި ރަށްރަށުގެ ބިން ހިއްކުމުގެ 3 މަޝްރޫޢަކާއި މަގު ހެދުމުގެ 12 މަޝްރޫއެއް މިހާރުވެސް ދަނީ ހިނަގަމުންނެވެ.

އަދި ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 13 މަޝްރޫޢަކާއި ޞިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ 28 މަޝްރޫއެއް މިހާރުވަނީ ފެށިފައެވެ. ތައުލީމީ ދާއިރާގެ 41 މަޝްރޫއަކާއި ކުޅިވަރުގެ ދާއިރާގެ 111 މަޝްރޫއެއް މިހާރުވެސް އެކި މަރުހަލާތަކުގައި ހިނަގަމުން އެބަދެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ