"ފްރެންޑްސް"ގެ ތަރި މެތިއު ޕެރީ އެންގޭޖްވެއްޖެ!

ކާމިޔާބު ސިޓްކޮމް ސީރީޒް، “ފެރެންޑްސް”ގެ އެކްޓަރު މެތިއު ޕެރީ އޭނާގެ ލޯބިވެރިޔާ، މޮލީ ހާރވިޓްޒް އާއި އެންގޭޖްވެއްޖެއެވެ.

'ޕީޕުލް މެގެޒިން' އަށް ދިން އިންޓަވިއުއެއްގައި މެތިއު ވަނީ، މި ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން އޭނަގެ ލޯބިވެރިޔާގެ ވާހަކަތައް ހިއްސާކުރަމުން މެތިއު ވަނީ، އޭނަގެ ލޯބިވެރިޔާއަކީ މި ދުނިޔޭގައި ހުރި އެންމެ މޮޅު އަންހެނާކަމަށް ބުނެ ތައުރީފުކޮށްފައެވެ.

މިއަހަރުގެ ކުރީ ކޮޅު، ލޯބިވެރިންގެ ދުވަހާއި ގުޅުވައިގެން މޮލީ ވަނީ މެތިއުއަށް ވަރަށް ހާއްސަ މެސެޖެއް ލިޔެ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ. އެގޮތުން މި މެސެޖުގައ މިއީި މެތިއުއާއެކީ ލޯބިވެރިންގެ ދުވަސް ފާހަގަކުރާ ދެވަނަ އަހަރުކަމަށް ދޭހަވާގޮތަށް ލިޔެފައިވެއެވެ. އަދި މެތިއު އަލަށް އިންސްޓަގްރަމްގެ އެކައުންޓެއް މިއަހަރު ހުޅުވުމުން އެކަމާއި ގުޅޭގޮތުންވެސް މި މެސެޖުގައި ލިޔެފައިވެއެވެ.

މެތިއު އާއި މޮލީ ޑޭޓްކުރަން ފަށައިފައިވަނީ 2018 ވަނަ އަހަރު ކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މެތިއު މީގެ ކުރިން ވަނީ ބޭވޮޗްގެ ތަރި ޖޭސްމީން ބްލީޗް އާއި އޮސްކާ އެވޯޑު ހާސިލްކޮށްފައިވާ ޖޫލިއާ ރޮބަރޓްސް ފަދަ މަޝްހޫރު ހޮލީވުޑްގެ ތަރިންނާއި ޑޭޓުކޮށްފައެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ނުކުތް ދުނިޔޭގެ އެންމެ ކާމިޔާބު ޓީވީ ޝޯ “ފްރެންޑްސް” ގައި މެތިއު ޕެރީ އަދާކޮށްފައިވާ "ޗެންދްލާ ބިންގް"ގެ އައިކޮނިކް ރޯލަކީ ގިނަ ބައެއްގެ ފޭވަރިޓެވެ. އަދި 2004 ވަނަ އަހަރު ނިއްމާލި މި ޝޯއަކީ އަދިވެސް އެންމެ ގިނަ ބަޔަކު ބަލާ އެއް ޝޯއެވެ. ޝޯގެ މަޤުބޫލުކަމަށް އެއްވެސް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ.

އެގޮތުން މި ޝޯގެ ހުރިހާ ތަރިންނާއެކު ގެނެސްދޭ ވަރަށް ހާއްސަ ރީޔުނިއަންއެއްވެސް މި އަންނަ އަހަރު ފެށުމަށް ތާވަލްކޮށްފައި އެބައޮތެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ