ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކައުންސިލަރުން ހޮވައި ވޯޓު ފޮށިން އެމްޑީޕީއާއި ކޯލިޝަން ސަރުކާރު ބަލިކޮށްދިނުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޕޯޓަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ޔާމީން މިހެން އެދިވަޑައިގެންފައިވަނީ ޕީއެންސީގެ ރައީސް އަދި މިވަގުތު އިިދިކޮޅު ކޯލިޝަން ހިންގެވުމާއި ޙަވާލުވެހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲއާއި ބައްދަލުކުރެއްވުމަށްފަހުގައެވެ.
އެގޮތުން ސަޕޯޓަރުންނަށް ރައީސް ޔާމީން ދީފައިވާ މެސެޖަކީ ދިވެހި ރައްޔިތުންގެ ޙައްޤުްގައި ވާންޖެހޭ ކޮންމެ ޤުރުބާނީއެއްވާން ތައްޔާރަށް ހުންނެވި ކަމަށާއި، ކޮންމެ ގޮތަކަށް ކަންތައް ދިމާވެ ކޮންމެ ފަދަ ޙާލަތެއް ދިމާވިނަމަވެސް ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެކަމަށެވެ.
އަދި ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލިކުރުމަށްޓަކައި ސާބިތުކަމާއި ހިތްވަރާއެކު މަސައްކަތްކުރުމަށްވެސް ޔާމީން އެދިވަޑައިގެންނެވިއެވެ.
އަދި ރައީސް ޔާމީންއަށްޓަކައިވެސް މިޤައުމަށްޓަކައިވެސް މިއަދު ކޮންދޭންވީ އެންމެ މުހިންމު މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި އެމްޑީޕާއާއި ކޯލިޝަން ސަރުކުރާ ބަލިކުރުންކަމަށް އިދިކޮޅުން ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އިޙްތިޖާޖު ކުރުމަށް ކަނޑުމައްޗަށް ނުކުމެފައިވަނީ މިއަދު 13:30 ގައެވެ. އިދިކޮޅު ކޯލިޝަނުން އިޙްތިޖާޖަށް ކަނޑުމައްޗަށް ނިކުމެފައި މިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ޙުކުމް ކުރިތާ އެއް އަހަރު ފުރުމާއި ދިމާކޮށް އެމަނިކުފާނު އަށް ދެމުންދާ ނުޙައްޤު އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލުމަށް ކަމުގައި އެ ކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.