ދިވެހިރާއްޖޭގައި ހިންގަން އުޅުނު ޓެރަރިޒަމް އަމަލާއި ގުޅިގެން އިއްޔެ ޙައްޔަރުކުރެވުނު ދެމީހުންގެ ބައްދަން 7 ދުވަސް އަދި ކުރިން ޙައްޔަރުކުރެވުނު 5 މީހެއް ބަންދަން އިތުރު 15 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
މިމައްސަލައާއި ގުޅިގެން ޙައްޔަރުކޮށްފައިވަނީ ހުސް ދިވެހިންނެވެ. މިހާތަނަށް ޖުމްލަ 8 މީހަކު ޙައްޔަރުކޮށްފައިވާއިރު، ފުރަތަމަ ޙައްޔަރުކުރީ 6 މީހުންނެވެ. އަދި އިތުރު ދެމީހުން އިއްޔެވަނީ ޙައްޔަރުކޮށްފައެވެ.
ފުރަތަމަ ޙައްޔަރުކުރި މީހުންގެ ތެރެއިން އުމުރުން 18 މީހާގެ ބައްދަން 5 ދުވަސް އަދި ބާކީ އެހެން މީހުންގެ ބައްދަށް 15 ދުވަސް ކޯޓުންވަނިކޮށް އެމުއްދަތު މިއަދުވަނީ އިތުރު ފަނަރަ ދުވަހަށް އިތުރުކޮށްފައެވެ.
މިމައްސަލާގައި ފުރަތަމަ ޙައްޔަރުކުރި މީހުންގެ އުމުރަކީ 20 އަހަރާއި 21 އަހަރާއި 29 އަހަރާއި 18 އަހަރުގެއިތުރުން 31 އަހަރާއި 34 އަހަރެވެ. އަދި އިއްޔެ ޙައްޔަރުކުރި ދެމީހުންގެ އުމުރަކީ 28 އަހަރާއި 34 އަހަރެވެ.
މީގެކުރިންވެސް ދިވެހި ފުލުހުންވަނީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކުން ރާވަމުންދިޔަ ބަޔެއް ކަންކަން އެކަންކަން ހިނގުމުގެ ކުރިން ހުއްޓުވައިފައިކަން ފާހަގަކޮށްލެވެއެވެ.
ޓެރަރިޒަމް އަމަލާއި ގުޅިގެން އިތުރު ދެ ދިވެހިން ޙައްޔަރުކޮށްފިhttps://t.co/frKytDmVcK
— RT Maldives (@RT_Maldives) November 27, 2020



