40 ވުރެ ގިނަ ދަނޑުވެރިން ނައިޖީރިއާގައި މަރާލައިފި

40 ވުރެ ގިނަ ދަނޑުވެރިން ލާއިންސާނީ ގޮތަކަށް ނައިޖީރިއާގައި މަރާލައިފިއެވެ.

މި ދަނޑުވެރިން މަރާލައިފައިވަނީ ނައިޖީރިއާގެ އިރުއުތުރު ސަރަހައްދުގައި އެމީހުންގެ ދަނޑުތަކުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

ރިޕޯޓުތައް ބުނާގޮތުން ދަނޑުވެރިން މަރާލައިފައިވަނީ އެމީހުން ބަނދެ އެމީހުންގެ ކަރުގައި ވަޅި އެޅުމަށް ފަހުގައެވެ. މި ލާއިންސާނީ އަމަލުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައި ނުވާއިރު މިސަރަހައްދަކީ ބޯކޯ ހަރަމްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީވަނީ ދަނޑުވެރިން މަރާލި މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަދި މިކަމުގެ ސަބަބުން މުޅި ގައުމަށް ފުންހިތާމައެއް ލިބިފައިވާކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ. މައުލޫމާތު ލިބޭގޮތުގައި، މި ހާދިސާއަކީ ނައިޖީރިއާގައި މިފަހުން ހިނގުނު އެންމެ ލާއިންސާނީ އެއް އަމަލެވެ.

އޭއެފްޕީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރާލައިފައިވާ 43 މީހެއްގެ ހަށިގަނޑު މިހާތަނަށްވަނީ ހޯދައިފައެވެ. އަދި އިތުރު މީހުންގެ ހަށިތައްވެސްދަނީ ފެއްނަމުންނެވެ. ނަމަވެސް މަރާލައިފައިވާ މީހުންގެ ޖުމްލަ އަދަދު އަދި ނައިޖީރިއާގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
19
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ