"މުޅި ދަޢުލަތުގައި ވައްކަމާއި ހިޔާނާތް. ބެލޭނެ ގޮތެއް ނެތް"

މިއަދު މުޅި ދައުލަތުގައި އޮތީ ވައްކަމާއި ހިޔާނާތްކަމަށާއި ނަމަވެސް އެ މައްސަލަތައް ބެލޭނެ ގޮތެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ޓްވިޓާރ މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރަންވާ ދިޔާނާ ވިދާޅުވީ، މުޅި ދަޢުލަތުގައި ވައްކަމާއި ޚިޔާނާތްކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގައިވެސް ވައްކަން ކަމަށާއި އެމްޕީއެލްގައިވެސް ވައްކަން ކަމަށާއި އަދި ޕަބްލިކް ޕްރޮކިއުމަންޓުންވެސް ވައްކަން ކަމަށެވެ. އަދި ކަން މިހެން އޮތްނަމަވެސް މިއިން އެއްވެސް ކަމެއް ބެލޭނެގޮތެއް ނެތްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ދިޔަނާ މިމޭރުމުން ވާހަފުޅު ދައްކަވާފައިވަނީ ފުރަބަންދުކޮށްފައި ވަނިކޮށް އެމްޕީއެލްގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް ޢިޝާރާތް ކުރައްވައެވެ.

އެމްޕީއެލްގެ ކޮރަޕްޝަންގެ މައްސަލަ ފަޅާ އަރުވާލި ޗެއާމަން މުޙައްމަދު ޒަކީވަނީ އެމަޤާމުން މިއަދު އިސްތިޢުފާ ދެއްވާފައެވެ. ޒަކީ މީސްމީޑީއާގައި ހާމަކުރައްވާފައިވާ ގޮތުގައި މާލެ ފުރަބަންދުކޮށްފައި ވަނިކޮށް އެކުންފުނީގެ އެތެރޭގައި ވަނީ 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައެވެ. މީގެ އިތުރުން އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ކުރެވިފައި ނުވާކަމަށް ބުނެ، ޒަކީ ވަނީ އޭރު އެކަމަށް ވަރަށް ބޮޑަށް މަޢާފަށްވެސް އެދިފައެވެ.

މިކަމާއި ގުޅިގެން އެމްޕީއެލް އިން ވިދާޅުވެފައި ވަނީ އެކުންފުނިން ހިންގަމުންދާ ތަހުޤީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، މި ކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން ސަސްޕެންޑްކޮށް، މަސައްކަތުން އެކަހެރިކޮށްފައިވާކަމަށެވެ.

އެމްޕީއެލް އިން ވިދާޅުވީ މި މައްސަލައާ ގުޅިގެން މީހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، މައްސަލަ އިތުރަށް ތަހުޤީޤްކުރުމަށް، ފުލުހުންނާއި އޮޑިޓަރ ޖެނެރަލްސް އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާކަމަށެވެ.

މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސްއިން ކުރި އޮޑިޓް ރިޕޯޓުތަކުން އެމްއެންޑީއެފް ފިޔަވައި އެހެން ހުރިހާ މުޢަސާސަތަކެއްގެ ރިޕޯރޓްގައިވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ކޮށްފައިވާކަންވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ