ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ލަވް ބަރޑެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިއީ ނޮވެމްބަރު 30 ވަނަ ދުވަހު ލޮނުޒިޔާރަތްމަގުން ފެނިގެން، އާންމު ފަރާތަކުން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ލަވް ބަރޑެކެވެ. (އިންސިޑެންޓް ނަންބަރު 471812). މިލަވް ބަރޑުގެ އިތުރުން ނޮވެމްބަރު 29 ވަނަ ދުވަހު މަޖީދީމަގު އެމްއެޗްއޭ މާޓު ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ޕިކަޕު ބެޓެރިއެއް (އީސްޓަރ ބްރޭންޑް) ގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެދެއްވުމަށްފަހު، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ޙާޞިރުވެ ތަކެއްޗާ ހަވާލުވެލެއްވުން ފުލުހުންވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.




