"ފްރެންޑްސް" ތީމުގެ ހާއްސަ ކްލޯތިން ލައިންއެއް!

ދުނިޔޭގެ ޓީވީ ސިލްސިލާގެ ތާރީހުގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެމެރިކާގެ ޓީވީ ޝޯ “ފެރެންޑްސް”ގެ ތީމަށް ހަދާފައިވާ ކްލޯތިން ލައިންއެއް، އެ ޝޯގެ އެކްޓަރު މެތިއު ޕެރީ ލޯންޗުކޮށްފިއެވެ.

މެތިއު މި ޙަބަރު އޭނަގެ އިންސްޓަގްރާމްގެ ޕޯސްޓެއްގައި ހިއްސާކޮށްފައިވާއިރު، މިއީ ކޮވިޑް-19 އާއި ގުޅިގެން ޑަބްލިއުއެޗް އިން ކުރާ މަސައްކަތަށް ސަޕޯޓު ދިނުމުގެ ގޮތުން ލޯންޗުކުރާ ކްލޯތިން ލައިންއެއްކަމަށް މެތިއު ވަނީ ބުނެފައެވެ.

"ފްރެންޑްސް" ޝޯ އާއި ގުޅުވައިގެން ނެރޭ މި ކްލޯތިން ލައިންގައި ހިމެނޭ ޓީ-ޝާޓުތަކުގައި، މެތިއު މި ޝޯގައި އަދާކޮށްފައިވާ ކެރެކްޓަރ،"ޗެންދްލާ"ގެ އެންމެ މަޝްހޫރު ލައިން ލިޔެފައިވެއެވެ.

“ފެރެންޑްސް” ގެ ހާއްސަ ރީޔުނިއަންގެ މަސައްކަތް އަންނަ އަހަރު މާޗުމަހުގައި ފަށާނެކަމަށް މެތިއު ވަނީ މީގެ ކުރިން އިއުލާންކޮށްފިއެވެ.

ފްރެންޑްސް ސީރީޒްގެ ހަ ތަރިން ކަމުގައިވާ، ޑޭވިޑް ޝްވިމާ(ރޮސް)، މެތިއު ޕެރީ(ޗޭންދްލާ)، މެޓް(ޗޯއީ)، ލީސާ ކުޑްރޯ(ފީބީ)، ޖެނިފާ އެނިސްޓަން(ރޭޗަލް)، އަދި ކޯޓްނީ ކޮކްޒް(މޮނިކާ) ފްރެންޑްސް ގެ ހާއްސަ ރީޔުނިއަންއަކާއެކު އެޗްބީއޯ މެކްސް އަށް އަންނާނެކަން މިދިޔަ ފްބްރުއަރީ މަހު އިއުލާންކުރިއިރު، އެ ދުވަސްވަރު މުޅި ސޯޝަލް މީޑިއާ ބަންޑުންވީ މި ޙަބަރާއެކުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ