މަގުމައްޗަށް ވެއްޓިފައި އޮތް ދިވެއްސަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

މަގުމައްޗަށް ވެއްޓިފައި އޮތް ދިވެއްސަކު ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ދެވިނަމަގުގައި މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 02:03 ހާއިރު ކަމަށާއި، އެހެން ކަމުން ފުލުހުން އެ ސަރަހައްދަށް ގޮސް ފުލުހުންގެ ވެހިކަލްގައި އެމީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައި ވާކަމަށެވެ.

އެއީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އެމީހާ ނިޔާވެފައިވާކަމަށް އައިޖީއެމްއެޗް އިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މިލިޔުން ކިޔާލުމުން
118
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ