ގިނަ އަދަދެއްގެ ޑްރަގާއެކު ކަނޑުމަތިން ބަޔަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ޑްރަގާއެކު ކަނޑުމަތިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އަދި މި އޮޕަރޭޝަނަކީ ޑްރަގް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އަދި މެރިން ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕެރޭޝަނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނާއި ގުޅުންހުރި ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށް ދާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ފަރީދީމަގު ސަރަހައްދުގައި އޮތް ކާރަކުން، ރާއްޖެ ސްމަގްލް ކޮށްފައިވާކަމަށްބެލެވޭ ގިނަ އަދަދެއްގެ ނާރކޮޓިކް ޑްރަގް ފެނުމާއިގުޅިގެން ފަރީދީމަގުން ބްލޮކެއް މިހާރުވަނީ ފޮރިންސިކް ތަހުގީގަށް ބަންދުކޮށްފައެވެ.

މިކަމާއި ގުޅިގެން ޕޮލިސް ކޮމިޝަނާރ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަރީދީމަގުން ބްލޮކެއް ބަންދުކޮށްފައިވަނީ އެ ސަރަހައްދުގައި އޮތް ކާރަކުން، ރާއްޖެ ސްމަގްލް ކޮށްފައިވާކަމަށްބެލެވޭ ގިނަ އަދަދެއްގެ ނާރކޮޓިކް ޑްރަގް ފެނުމާއިގުޅިގެން ފޮރިންސިކް ތަހުގީގަށްކަމަށެވެ.

މިއީ ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް ގުޅިގެން ކަނޑާއި އެއްގަމުގައި ހަފްތާ އަކަށްވުރެ ގިނަދުވަސް ވަންދެން ހިނގި އޮޕަރޭޝަނެއްކަމަށާއި، މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައި ވާކަމަށްވެސް ޕޮލިސް ކޮމިޝަނާރ ހަމީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
5111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ