ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުގެ ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރ ޝާހިދު ސޮއި ކުރައްވައިފި : ފޮޓޯ ފޮރިން މިނިސްޓްރީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުގެ ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރ ޝާހިދު ސޮއި ކުރައްވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޒަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާއި ގުޅިގެންހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރ ޝާހިދު ސޮއި ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން ޕާކިސްތާން ހައިކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރ ޝާހިދު ސޮއި ކުރައްވާފައިވާކަމަށެވެ.

މީރް ޒަފަރުﷲ ޚާން ޖަމާލީ އަވަހާރަވެފައިވަނީ މި މަހުގެ 2 ވަނަދުވަހު އުމުރުން 76 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ޤައުމުގެ ރައީސް ޢާރިފް ޢަލްވީއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ޕާކިސްތާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޡަފަރުﷲ ޚާން ޖަމާލީގެ ޚިދުމަތުގެ ދިގު ތާރީޚުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅު ވަނީ ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލައްވާފައި ވަނީ ބޮޑުވަޒީރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ