މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ އަގު 71 މިލިއަން ރުފިޔާއަށް އަރާ: ސީޕީ

މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޑްރަގް އެންފޯސް ޑިޕާޓްމަންޓުން މާލޭގައި ހިންގާ ޑްރަގުގެ މި ބޮޑު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފަރީދީ މަގުގައެވެ. މިއަދު ހިންގި މި އޮޕަރޭޝަންގައި ކާރެއްގެ ޑިކީގެ ތެރެއިން ދެ ގޯންޏާއި ސޫޓްކޭހުގައި ބަންދުކޮށްފައި ހުރި 71 ކިލޯގެ ޑްރަގު ފެނިފައިވެއެވެ.

މިކަމާއި ގުޅިގެން ޕޮލިސް ކޮމިޝަނާރ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކާރުގެ ތެރެއިން ހޯދިފައި ވަނީ 71 ކިލޯގެ ހެރޮއިން ކަމަށެވެ. އަދި އިތުރަށް ސީޕީ ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދިމާވާ ގޮންޖެހުންތަކާ އެކުވެސް ރާއްޖެއަށް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށެވެ.

"މިއަދު ފެނުނު ހޮރެއިންގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާވޭ،" ސީޕީ ޓްވީޓްގައި ބުނެފައިވެއެވެ.

އަދި މިއޮޕަރޭޝަންގެ ތެރެއިން އެ ޑްރަގު ނެޓްވޯކުގައި ހިމެނޭ ކަމަށް ތުހުމަތުވާ 10 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށްވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ