ޕިކަޕެއްގެ ބެޓަރިއެއް ވަގަށްނެގި ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

ޕިކަޕެއްގެ ބެޓަރިއެއް ވަގަށް ނެގި ދެ މީހަކު ހޯދުމަށްޓަކައި ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ދެމީހުންނަކީ މާފަންނު ދުވާޓްރެކް ކައިރި ގޯޅީގައި އޮތް ޕިކަޕެއްގެ ބެޓަރިއެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެމީހުންކަމަށެވެ.

ފުލުހުންވަނީ ވީޑިއޯގައި ފެންނަ ދެ މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު 465718 ވިދާޅުވެ މަޢުލޫމާތު ހިއްޞާ ކުރެއްވުމަށް އެދިލައްވާފަ އެވެ.

"މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަން" ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ