ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ރޮންދާއަކާއި ކަރަންޓް ކޭބަލެއްގެ ވެރިފަރާތް ހޯދަނީ!

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށާއިފިއެވެ.

ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށާއި އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ޑިސެމްބަރު 7 ވަނަ ދުވަހު ހެންވޭރު ސަހަރާ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުންފެނިފައިވާ މަކިޓާ ބްރޭންޑްގެ ކަރަންޓު ރޮންދާއެއް. އިންސިޑެންޓް ނަންބަރު 472305

ޑިސެމްބަރު 7 ވަނަ ދުވަހު އަމީނީމަގު، ހައުސިން މިިނިސްޓްރީ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުންފެނިފައިވާ 28 ފޫޓުގެ ކަރަންޓު ކޭބަލެއް. އިންސިޑެންޓް ނަންބަރު 472382

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެދެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ