ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން އިއްޔެގެ ނިޔަލަށް 94,543 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އަދި އިންޑިއާ ދެވަނާގައި އޮތްއިރު އެޤައުމުން މިހާތަނަށް 13,801 ފަތުރުވެރިން ރާއްޖެއަށްވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔުނައިޓެޑް ކިންގްޑަމްއިންނެވެ. އެޤައުމުން 8,200 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. އަދި ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ގައެވެ.
ޓޫރިޒަމްއަކީ ރާއްޖެއިން ވަރަށް ބޮޑަށް ބަރޯސާވާ އިންޑަސްޓްރީއަކަށްވާއިރު، ކޮވިޑް-19 ގެ ސަބަބުން މިއިންޑަސްޓްރީއަށް ކުރި ނޭދެވޭ އަޞަރާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސްވަނީ ކޮށްފައެވެ. މީގެއިތުުރުން އެތައް ބައެއްގެ ވަޒީފާއަށް އަސަރު ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނައިރު، މިއީ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ނަމަވެސް ކޮވިޑްގެ އަސަރުއަދިވެސް މިރާއްޖެއިން އަދި ދުނިޔެއިންވެސް ފިލައިގެން ގޮސްފައިނުވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދެވަނަ ފަހަރަށް މިފަދަ ޙާލަތަކަށް ނުގޮސްވޭތޯ މިއަދު ހުރިހާ ރައްޔިތުންވެސް މިވަނީ މަސައްކަތް ކުރަން ޖެހިފައެވެ.



