ބިދޭސީންތަކެއްގެ މެދުގައި މާލޭގައި މިރޭ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ، ދެ ބިދޭސީންގެ މެދުގައި މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މިރޭ 20:36 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"މާލޭ ނެދުން ގޯޅީގައި ދެ ބިދޭސީ އެއްގެ މެދުގައި މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މިރޭ 20:36 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބުމުން އެސަރަހައްދައް ދިޔަ ކަމަށާއި ނަމަވެސް ފުލުހުން އެސަރަހައްދަށް ދިޔައިރު މާރާމާރީ ހިނގި މީހުން އެސަރަހައްދުގައި ނެއްކަމަށެވެ.
ގޮވެލި ޕުލަސް ނަމަކަށްކިޔާ ފިހާރަޔެއް ކައިރީ މިހަފްތާ ތެރޭގައިވެސް ބިދޭސީންގެ ބަޔަކުވަނީ މާރާމާރީ ހިނގައިފައެވެ. މަންޒަރުދުށް ފަރާތްތަކުން ބުނެފައިވަނީ އެ މާރާމާރީއަކީ ފައިސާގެ މައްސަލައަކާއި ގުޅިގެން ހިނގި މާރާމާރީއެއް ކަމަށެވެ. މިސަރަހައްދަށްވެސް ފުލުހުންނަށް ދެވުނުއިރު މާރާމާރީ ހިނގި މީހުންވަނީ ފިލައިފައެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން ރާއްޖޭގައި އުޅޭ ބިދޭސީން ކުއްތަކަށް އަރައި ގައްނަ މިންވަރު މިހާރުދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.




ހިޔާލު
Immigrant workers ge sop nehedigen Regularization nukurey vigen ulhey vaahaka jahaala bala. Sop nehedheyni economic minstry ga verin netheema yo