އެމްޑީޕީއަށް އެސްޖީއަކު ހޯދަނީ!

މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އެއް ހޯދަން އިއުލާންކޮށްފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރާނެ މީހަކު ހޯދަން އެ ޕާޓީއިން އިއުލާން ކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަނަސް އަބްދުލް ސައްތާރު ދައުރުގެ މުއްދަތު ހަމަވެ މަގާމު ދޫކޮށްލުމުން އެ މަގާމު ހުސްކޮށް އޮތުމުންނެވެ.

އެމްޑީޕީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމަށް ޔުނިވާސިޓީ ޑިގްރީއެއް ލިބި ހިންގުމުގެ ތަޖުރިބާ ހުރި އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް އެ ކުރިމަތިލެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލްކަން ހުރިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލާން ބޭނުންވާ އެމްޑީޕީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުން ސިޓީއާއި ވަނަވަރު ހުށަހަޅަން ޖެހެނީ އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓް އޮފީސް ހިންގާ ހ. ޝަރާޝާގެ ދެވަނަ ފަންގިފިލީއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ