ވޭވަށް ބަނދަރު މަސައްކަތް ބާރުދުވެލީގައި ކުރިއަށް!

މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަޝްރޫއާއި ހަވާލުވެފައިވާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ، ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ އިރު އެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 79 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 56،925 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، 5،992 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރުގެ ސަރަހައްދު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ޖެހުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ކުރާނެ އެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި އޮގަސްޓް 27 ގައި އެ މަޝްރޫއު ހަވާލުކުރީ 48.8 މިލިއަން ރުފިޔާ އަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ