ވަކީލުންނާ ބައްދަލުކުރުންވެސް ރައީސް ޔާމީނަށް ހަނގުރާމައަކަށް

ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހަނގުރާމައަކަށް ވެއްޖެކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޖަމީލް ވިދާޅުވީ، ޤާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް މިއޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައިކަމަށާއި، މި މަހު 6 ގައި ކޯޓް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރުޤާނޫނީ ހުރަސްތަކަށްފަހު އަލުން ބައްދަލުވުންތައް ފެށިފައިވަނީ މިއަދު ކަމަށެވެ.

"މިވަރު ވީމާ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު" ޖަމީލް ވިދާޅުވިއެވެ.

އަދި ކުއްލިއަކަށް ވަކީލުންގެ ބައްދަލުވުމަށް ކޮންމެ ފަހަރަކު ޕީސީއާރު ޓެސްޓު ހަދަންޖެެހޭކަމަށް ކަމަށް ހޯމް މިނިސްޓްރީން އަންގާފައިވާ ކަމަށް ޖަމީލް މީގެކުރިން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިހާރު ވެސް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ރ. ފުއްގިރީގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ މައްސަލާގައި އިދިކޮޅުން އެކިކަހަލަ ތުޙުމަތުތައް ސަރުކާރަން ކުރަމުންދާއިރު، ސަރުކާރުން ގެންދަނީ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން ކަމަށްވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ