ކައުންސިލް އިންތިހާބު ލަސްވާ މައްސަލައަކީ ގައުމީ މައްސަލައެއް: އާދަމް ޝަރީފް

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން ލަސްވާ މައްސަލަ އަކީ ގައުމީ މައްސަލައެއް ކަމަށާއި ސަރުކާރުން އެކަމަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމަންޖެހޭ ބޮޑެތި ކަންކަން ނުނިންމައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ބޮލުގައި ޒިންމާ އަޅުވާފައި ސަރުކާރު ބޮންދާ އޮތުމަކީ ބޮޑު ގައުމީ މައްސަލައެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އާދާބީ މާ ބޮޑެތި ގައުމުތަކުގައިވެސް ކޮވިޑުގެ ހާލަތުގައިވެސް އިންތިހާބު ބައްވައިފި ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ލަސްވާ މައްސަލައަށް ދައުލަތުން ހައްލެއް ހޯދައިދިނުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ