މިނިސްޓަރު ޑރ. މައުސޫމް / ފޮޓޯ:ޕީއެސްއެމް

މިއަދު އެކަނިވެސް ރާއްޖެއަށް ހަތަރުހާހަށްވުރެ ގިނަ ފަތުރުވެރިން!

މިއަދު އެކަނި ރާއްޖެ އައި ފަތުރުވެެރިންގެ އަދަދު 4567 އަށް އަރައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އާ ރެކޯޑެއް ގާއިމްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އަނެއްކާވެސް ގިނަ އަދަދަކަށް ފަތުރުވެރިން އެއް ދުވަހެއްގެ ތެރޭގައި ރާއްޖެ އައިސް، އާ ރެކޯޑެއް ހަދާފައިވާ ކަމަށާއި، މިއަދު އެކަނި ރާއްޖެއަށް 4567 ފަތުރުވެރިން އައިސްފައިވާ ކަަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
މިއީ ކޮވިޑް-19ގެ ފަހުން ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރެވެރިން ރާއްޖެ ޒިޔާރަތްކުރި ދުވަހެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މީގެ ކުރިން މި މަހުގެ 13 ވަނަ ދުވަހު 4،191 ފަތުރުވެރިން ރާއްޖެ އައިސް ރެކޯޑް ގާއިމް ކުރި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. އަދި ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ގައެވެ.

ޓޫރިޒަމްއަކީ ރާއްޖެއިން ވަރަށް ބޮޑަށް ބަރޯސާވާ އިންޑަސްޓްރީއަކަށްވާއިރު، ކޮވިޑް-19 ގެ ސަބަބުން މިއިންޑަސްޓްރީއަށް ކުރި ނޭދެވޭ އަޞަރާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސްވަނީ ކޮށްފައެވެ. މީގެއިތުުރުން އެތައް ބައެއްގެ ވަޒީފާއަށް އަސަރު ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ