ސޯސަންމަގު އިބްރާހިމް މިސްކިތް ކައިރީގައި ހުރި ފަހާތަނަކުން ފައިސާތަކެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެ މީހާއަކީ ޑިސެމްބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައިފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
ފުލުހުން ވަނީ އެ މީހާގެ ވީޑިއޯ އެއް މިއަދު އާއްމުކޮށްފައެވެ.
ފަހާތަނަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީhttps://t.co/uA1njFkHoi pic.twitter.com/WWtQ8TzK8c
— Maldives Police (@PoliceMv) December 21, 2020
ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 472199 އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.




