އިސްރާއިލް ސިފައިން ހަމަލާދީ 17 އަހަރުގެ ފަލަސްތީން ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
ރޭ ހިނގި މިހާދިސާގައި ޝަހީދުވެފައިވަނީ އިސްރާއިލް ސިފައިން ހިފައިފައިވާ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީ ކައިރީގައެވެ.
އިސްރާއިލް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 17 އަހަރުގެ މަހުމޫދު އުމަރު ކަމީލް އަށް އިސްރާއިލް ސިފައިން ހަމަލާދީފައިވަނީ، އިރުމަތީ ގުދުސްގެ ލަޔަން ގޭޓްސް ކައިރީ ކަމީލް އިސްރާއިލް ސިފައިންނަށް އަމާޒުކޮށް ބަޑިޖެހުމުން ކަމަށެވެ.
މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ، އިޒްރާއިލް ސިފައިން ކަމީލްގަޔަށް އެތައް ފަހަރަކު ބަޑިން ހަމަލާދީ މަރާލައިފައިވަނީ އޭނާ ފަހާދުވެ ގިނަ އަދަދެއްގެ ސިފައިން އޭނާ ވަށާލައިގެން ތިބެ ކަމަށެވެ.
މިހާދިސާއަށްފަހު އިސްރާއިލް ސިފައިންވަނި އަލް އަގްސާ މިސްކިތައް ވަދެވެން އިއްނަ ގޭޓުތައް ބަންދުކޮށްފައެވެ. މިހާދިސާއާއި ގުޅިގެން ފަލަސްތީނުގެ އޮފިޝަލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.
އިސްރާއިލުން އިރުމަތީ ގުދުސް ހިފައިފައިވަނީ 1967 ވަނަ އަހަރުއެވެ. އަދި ފަހުންވަނީ އިރުމަތީ ގުދުސްއަކީ އިސްރާއިލުގެ ބަޔެއް ކަމަށް ކަނޑައަޅައިފައެވެ.
2018 ވަނަ އަހަރު އެމެރިކާއިންވަނީ އެމެރިކާގެ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލުކޮށް އިސްރާއިލުގެ ވެރިރަށަކީ ގުދުސްކަމުގައި ނިންމާފައެވެ.