ޝިޔާމް ސަރުކާރަށް: ދިވެހި މަސްވެރިންގެ އަޑު ހަމަ މި ސަރުކާރަށް ނީވެނީތޯ؟

މަސްވެރިންގެ މައްސަލަތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ ހއ. އިހަވަންދޫގައި މަސްވެރިން ނިކުމެ އިހުތިޖާޖުކޮށްފައިވާއިރު މިކަމާއިގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމް ވަނީ ދިވެހި މަސްވެރިންގެ އަޑު ހަމަ މި ސަރުކާރަށް ނީވެނީތޯ ސުވާލުއުފައްދަވާފައެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ދިވެހި މަސްވެރިންގެ އަޑު ހަމަ މި ސަރުކާރަށް ނީވެނީތޯ ސުވާލުކުރައްވާ ވިދާޅުވީ މި ނޫން ދުވަހެއް މި މަސްވެރިންނަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ރައީސް ޞާލޙް ކުޅުއްވަނީ ގަޔާ ދުރަށް ކަމަށެވެ.

"މި ނޫން ދުވަހެއް މި މަސްވެރިންނަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ރައީސް ޞާލިހް ކުޅުއްވަނީ ގަޔާ ދުރަށް. އިއްޔެ ފެލިވަރުގައި، މިއަދު އިހަވަންދޫގައި މާދަމާ ރައީސް އޮފީސް ކުރިމަތީ ނޫންކަމެއް ނޭނގެ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު މިއަދު މެންދުރުފަހު އިހަވަންދޫގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގައި އެ ރަށުގެ ގިނަ މަސްވެރިން އެފަރާތްތަކުގެ ޝުއޫރުތައް ޖަހާފައި ހުރި ބޯޑުތައް ހިފައިގެން ވަނީ ބައިވެރިވެފައެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި އިހަވަންދޫ ގިނަ މަސްވެރިންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ހަމަ އަގު ނުލިބުމެވެ.

މަސްވިއްކޭ އަގުތައް ދަށްވެފައިވާ ދުވަސްވަރެއްގައި މަސްކިރުން ލަސްވާތީ ފެލިވަރުގައި 25 އަށްވުރެ ގިނަ މަސްއޮޑި ޖަމާވެ ދާދިފަހުން މަސްވެރިން ވަނީ ފެލިވަރުގެ ފަޅުތެރޭގައި ވެސް މުޒާހަރާކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިހުތިޖާޖުގެ ބައިވެރިން މިނިސްޓަރު ޒަހާ އާއި ރައީސް ޞާލިޙް އިސްތިއުފާ ދިނުމަށް ގޮވާލައިފައިވާއިރު، ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިހާރު މަސް ގަންނަމުން އަންނަ އަގުން މަސްވެރިއަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 22000 ރުފިޔާ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ