ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ

ހެލްތު އެމެޖެންސީ ހުއްޖަތަކަށް ހަދައި އިންތިޚާބް ލަސްކުުރުން ޤާނޫނު އަސާސީއާއި ޚިލާފް!

ހެލްތު އެމެޖެންސީ ހުއްޖަތަކަށް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބް ލަސްކުުރުމަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ހިންގޭ އަމަލެއް ކަމުގައި ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މިހާރު އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިންތިޚާބް ބޭއްވުމުގެ އެއްވެސް ޤާނޫނީ ބާރުވެރިކަމެއް އިލެކްޝަން ކޮމިޝަނަށް ނެތްކަމަށް ބުނެ އިލެކްޝަން ކޮމިޝަނާއި، ބައެއް ފަރާތްތަކުން އުފައްދާ ޤާނޫނީ ސުވާލަށް ޖަވާބު ދެއްވަމުން ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެލްތް އިމަރޖެންސީ ޙުއްޖަތަކަށް ހަދައިގެން ލޯކަލް ކައުންސިލް އިންތިޚާބް ލަސްކުރުމަކީ ޤާނޫނު އަސާސީގެ 255 ގެ (ނ) އާ ކަނޑައެޅިގެން ޚިލާފަށް ހިންގޭ ބާޠިލް އަދި ޣައިރު ދުސްތޫރީ އަދި ޣައިރު ދީމިޤްރާޠީ ޢަމަލެއްކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުގެ ސަަބަބުން އިންތިޚާބު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އިންތިޚާބާއި ބެހޭ ޤާނޫނު ބުނާގޮތުން ރާއްޖޭގައި އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތްހާ ހިނދަކު އިންތިޚާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނަށް ލިބިގެނެއް ނުވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ހެލްތު އެމެޖެންސީ ހުއްޖަތަކަށް ހަދައި އިންތިޚާބް ލަސްކުުރުން ޤާނޫނު އަސާސީއާއި ޚިލާފް!

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ