ފްރާންސް ގެ ރައީސް ކޮވިޑް-19 އިން ރަނގަޅު ވެއްޖެ

ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ކޮވިޑް-19 އިން ރަނގަޅު ވެއްޖެއެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިދާރާއިން ބުނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގައި ކޮވިޑް-19 ޖެހުނު ރައީސް މެކްރޮންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް މިހާރު ނުފެންނަކަމަށާއި، ފަރަންސޭސިވިލާތުގައި ޢަމަލުކުރާ އުސޫލުތަކާއި އެއްގޮތަށް ކަރަންޓީނުގެ 7 ދުވަސް ފުރިހަމަ ކުރެއްވުމަށްފަހު، އިތުރަށް އެކަހެރިވެވަޑައިގެން ނުހުންނަވާނެކަމަށެވެ.

ކޮވިޑް 19 ގައި މަރުވާމީހުންގެ އަދަދުވެސް ވަނީ ފްރާންސްގައި އިތުރުވާނަފަށާފައެވެ. އެގޮތުން މިހާތަނަށް 62,427 މީހުން ފްރާންސްގައި ވަނީ މަރުވެފައެވެ.

ފްރާންސް އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 2 މިލިއަނަށް ވުރެ ގިނަވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ