ޗައިނާގައި ވަޅިން ހަމަލާދީ ހަތް މީހުން މަރާލައިފި

ޗައިނާގެ އިރު އުތުރުގެ ސަރަހައްދުގައި މީހަކު ވަޅިން ދިން ހަމަލާތަކެއްގައި ހަތް މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުއާން ނިއުސް އެޖެންސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާދިން މީހާ މިހާރުވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މި ހަމަލާދިން ސަބަބު އަދި ހޯދިފައެއް ނުވެއެވެ.

މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބީބީސީ އިން ބުނެފައިވަނީ ހަމަލާދިން މީހާ މީހުންތަކުގެ ތެރޭ ހަމަލާދީފައިވަނީ އެޔެއް މިޔެއް ބަލައި ނުލައި ދިމާވި ކޮންމެ މީހަކަށް ކަމަށެވެ.

ޗައިނާއަކީ މިފަދަ ނުރައްކާތެރި ހަމަލާތައް ދިނުން މަދު ގައުމެކެވެ. އަދި މިފަދަ ހަމަލާއެއް މީހަކު ދިންނަމަވެސް އެމީހަކީ ސިކުނޑީގެ ބަލި ހުއްނަ މީހެކެވެ. މިހެން ނަމަވެސް، ބަޔެއް ފަހަރުތަކުގައި ބަދަލު ހިފުމުގެ މިފަދަ ހަމަލާތައް ދީފައި އެބަހުއްޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ