މާފުށި ޖަލު--

މާފުށީ ޖަލުން އެއްވެސް ގައިދީއަކު ފިލާފައެއް ނުވޭ: ކަރެކްޝަންސް

ކ. މާފުށީގައި ކުށްވެރިން ބަންދުކޮށްފައި ތިބޭ ޖަލު ފަޅާލިނަމަވެސް ޖަލުން އެއްވެސް ގައިދީއަކު ފިލާފައި ނުވާ ކަމަށް ކަރެކްޝަނަލް ޝާރވިސް އިން ބުނެފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައި ކަމަށެވެ.

އެހެންނަމަވެސް ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން އެބޭފުޅާ ވަނީ ކަށަވަރު ކޮށްދެއްވާފައިއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ފުލުހުންނާއި ޖަލު އޮފިސަރުންނާއި ގުޅިގެން "ސާޗް އޮޕަރޭޝަނެއް" ކުރިއަށް ގެންދަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ