އައްޑޫ ސިޓީގައި ކުރިޔަށްދާ އެމްޑީޕީގެ ކޮންފަރެންސް | ފޮޓޯ : އެމްޑީޕީ

އަނެއްކާވެސް އެމްޑީޕީގެ ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފި

އަނެއްކާވެސް އެމްޑީޕީގެ ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު (އެކޮމިޝަނުގެ ނަންބަރު (IUL)38-AA/38/2020/5 އިޢުލާނުން) ހުޅުވާލުމާ ގުޅިގެން ހަތަރު ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.

އަދި ނަން އަނބުރާ ގެންގޮސްފައިވާ ހަތަރު ކެންޑިޑޭޓުންގެ ތިން ކެނޑިޑޭޓުން ނިސްބަތްވަނީ އެމްޑީޕީއަށެވެ.

އެގޮތުން ނަން އަނބުރާ ގެންގޮސްފައިވާ އެމްޑީޕީގެ ކެނޑިޑޭޓުންނަކީ ހއ. ތުރާކުނު ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 5 ރަޙީމާ ޢަބްދުއްރަޙްމާން، ހިކިފިނިފެންމާގެ / ހއ. ތުރާކުނު އާއި ގއ. ކޮނޑޭ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 12 ނަޢުފަލް އިބްރާހީމް، ޖޯޖެޓްވިލާ / ގއ. ކޮނޑޭގެ އިތުރުން ނ.މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 7 ޢަފާ ޢަބްދުއްރަޙީމް، ހަނދާން، ނ. މާފަރުއެވެ.

މީގެއިތުރުން ނަން އަނބުރާ ގެންގޮސްފައިވާ އަނެއް ކެނޑިޑޭޓަކީ ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 13  ޢަލީ ވާފިރު، އޯޝަންރީޑު / ކ. ތުލުސްދޫއެވެ.

މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި ލޯކަލްކައުންސިލަތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އަދި އެއަށްފަހު ނަން އަނބުރާ ގެނައުމުގެ ފުރުޞަތު އީސީން ކެންޑިޑޭޓުންނަށް ދީފައިވާއިރު، އެކި ފަހަރު މަތިން ގިނަ ކެނޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ބާއްވުމަށް ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިފައި ނުވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.

އެއަށްފަހު ދެން އިންތިޙާބު ބާއްވަން އުޅުނީ އަންނަ މާޗް މަހުުގެ ހަ ވަނަ ދުވަހުއެވެ. ނަމަވެސް މާރޗް 6 ގައި އިންތިޚާބު ނުބޭއްވޭނެކަން އީސީން މީގެ ތިންދުވަސްކުރިން ހާމަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބޭއްވުމަށް ތަވާލުކުރުމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ނިންމާފައިވާކަން ހާމަކޮށްފައިވަނީ އިއްޔެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ