"ޔާމިންގެ ޝަރީއަތަށް ސަރުކާރުން ދަނީ އިންތިހާއަށް ނުފޫޒު ފޯރުވަމުން"

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުއްޤައްޔޫމްގެ ޝަރީއަތަށް ސަރުކާރުން ދަނީ އިްނތިހާއަށް ނުފޫޒު ފޯރުވަމުން ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ މިއަދު ހަވީރު ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތެއް ކުރިޔަށް ގެންގޮސްފައިވަނިކޮށެވެ. އެގޮތުން މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ދަޢުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންއާއި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ އަޑުއެހުމެކެވެ.

ރައީސް ޔާމިންގެ ޝަރީއަތް ކްރިމިނަކް ކޯޓުގައި ކުރިޔަށް ދިޔަ ވަގުތު އެ ސަރަހައްދުގައި އެމަނިކުފާނަށް ތާޢީދު ކުރައްވާ ސަޕޯޓަރުން ދިޔައީ އިޙްތިޖާޖު ކުރައްވަމުންނެވެ. މި އިޙްތިޖާޖުގެ ތެރެއިން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ރައީސް ޔާމިނަށް ސިލްސިލާކޮށް ކުރަމުންދާ އަނިޔާއާއި ދެކޮޅަށް މިއަދުވެސް ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން އަޑު އުފުލަމުންދާކަމަށާއި، އެމަނިކުފާނުގެ ޝަރީއަތަށް ސަރުކާރުން ދަނީ އިންތިހާއަށް ނުފޫޒު ފޯރުވަމުންކަމަށެވެ.

މިއަދު ކުރިޔަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޕީޖީ އިން ވަނީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ކްރިމިނަލްކޯޓުގައި އެދެފައެވެ.

ރައީސް ޔާމީންގެ މުދާ ދަޢުލަތަށް ނެގުމުގެ އަމުރަކަށް އެދުނުއިރު، އެމަނިކުފާނު ވަނީ 2019 ވަނަ އަހަރު ނޮވެންބަރު 28 ވަނަދުވަހު މަނީ ލޯންޑަރިންގެ ކުއްސާބިތުވެ 5 އަހަރު ދުވަހުގެ ޖަލު ޙުކުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ