އެޗްޕީއޭގެ ހުއްދަ ނުހޯދާ ޖާބިރު ފުނަދޫއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދޫﷲ ޖާބިރު މިއަދުގެ ވަގުތެއްގައި ށ. ފުނަދޫއަށް ވަޑައިގެންފިއެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅުވަނީ ޖާބިރު މިއަދު ފުނަދޫއަށް ވަޑައިގެންކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެޗްޕީއޭގެ އެއްވެސް ހުއްދައެއް ނެތްކަމަށްވެސް އަޙްމަދު އިބްރާހިމްފުޅުވަނީ ވިދާޅުވެފައެވެ.

"އެބޭފުޅާ ފުނަދޫއަށް މިއަދު ވަޑައިގެއްނެވީ ސަފާރީގައި، އެޗްޕީއޭގެ ހުއްދަ ނެތުމުން ނަންގަތިން ރަށަށް ނޭރޭނެ ކަމަށް، އެބޭފުޅާ ވިދާޅުވި ޕެޓްރޯލް އަޅައިގެން ރަށުން ފުރާނެ ކަމަށް، ނަމަވެސް ފަހުން ރަށަށް ފޭބިކަމުގެ މައުލޫމާތުވަނީ ލިބިފައި" އަޙްމަދު އިބްރާހިމްފުޅު ވިދާޅުވިއެވެ.

ޖާބިރު މިހާރު އެރަށުން ފުރައިފައިވާއިރު އެރަށު ބަޔެއް ފަރާތްތަކާއެކު ނެންގެވި ފޮޓޯތައް މިހާރުވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ.

ޖާބިރު ފުނަދޫ އަށް ވަޑައިގެން ފޮޓޯއަކަށް ހުއްޓި

ކޮވިޑް-19ގެ މިހާލަތުގައި މާލެއިން ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަން އުޅޭ ރަށަކުން އެހެން ރަށަކަށް ދަތުރު ކުރާނަމަ ކަރަންޓީންވާން ޖެހެއެވެ. ނުވަތަ އެޗްޕީއޭގެ ހާއްސަ ހުއްދައެއް އޮއްނަން ޖެހެއެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ރައްރަށަށް ވަޑައިގައްނަވާ ބަޔެއް ބޭބޭފުޅުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފައް އުޅޭކަމުގެ ޝަކުވާވެސް ބަޔެއް ކައުންސިލްތަކުން އައްނަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
142
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ