ލޯންޗެއްގައި ރޯވެ، މީހަކު ފިހިއްޖެ

ވ.ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ވ.ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ ހެނދުނު 07:49 ހާއިރުކަމަށާއި، މިހާތަނަށް ބެލިބެލުމުން އަލިފާން ރޯވެފައިވަނީ ލޯންޗު ސްޓާޓްކުރި ވަގުތު ބެޓެރީގައި ރޯވެގެންކަމަށެވެ.

މިހާދިސާ ހިނގިއިރު ލޯންޗުގައި ހުރި މީހެއްގެ ފައި ފިހި އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިޙާދިސާގައި އަލިފާން ރޯވެ ލޯންޗު ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެ އަޑިއަށް ގޮސްފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިޙާދިސާއާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ