ފޮޓޯ: ޕޮލިސް ލައިފް

ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގ ދައުވާކުރަން ފޮނުވައިފި

ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރާ ހިއުމަންޓްރެފިކިންގެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މައުލޫމާތު ދެއްވި ގޮތުގައި ރިޒް ކުންފުނީގެ މައްޗަށް އެ ދައުވާ ކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވާފައިވަނީ އިއްޔެއެވެ.

ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހިންގަވާ ކުންފުންޏެކެވެ. ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލައާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ބަލަން ފަށާފައިވަނީ، ުރިޒް ކުންފުނިން ތަރައްގީ ކުރަމުން ދިޔަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ދިވެހިންތަކެއް އެ ތަނުގައި ތިބި ބިދޭސީން ވެގެން ރަހީނުކޮށް ހަމަނުޖެހުންތަކެއް ވެސް ހިނގައިގެން އުޅެނިކޮށެވެ.

އެ ރަށުގައި ހިނގި ހަމަނުޖެހުންތަކުގެ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމާއެކު މި ކަމުގައި ހިމެނޭ ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އޭރު ވިދާޅުވިއެވެ.

މި މައްސަލަ ރިޒާ ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަަނާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީން ވެސް ބަލަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް މި އިދާރާތަކުން ހާމައެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ