އެމްޑީޕީގެ ވެރިކަން ފެށޭއިރަށް ގައުމުގެ މުހިންމު ކަންކަމަށް ގޮތްކިޔުން އެއީ ސަފީރުންގެ ލެވެލްގައި ކުރާކަމަކަވާކަމުގައި މާވަށުދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއިން އުފައްދާފައިވާ ކޮވިޑް ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ ކަމުގައި އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަ ސަފީރު ސަންޖޭ ސުދިރް ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން ސަފީރު ސަންޖޭ ވިދާޅުވެފައި ވަނީ ބޭސް އުފައްދާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އަވަށްޓެރިންނަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދޭނެ ކަމަށާއި އަދި އޭގެ ތެރެއިން ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ސައީދު ވިދާޅުވީ ކޮވިޑް-19 ގެ ވެކްސިން ލިބުމަކީ ރައްޔިތުންގެ އިންތިޒާރެއްކަމަށާއި އަދި ދަޢުލަތުގެ ވެރިމީހާ ގާތު ރައްޔިތުން އިސްވެ ކުރި ސުވާލުކަމަށެވެ.
ސައީދު ވިދާޅުވީ ނުރައްކާ އޮތަސް ރާއްޖޭގެ ބޯޑަރު ހުޅުވަން ރައްޔިތުން ރުހުން ދިނީވެސް ހައްލު ހޯދުމަށްކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އެމްޑީގެ ވެރިކަން ހަމަ ފެށޭއިރަށް ގައުމުގެ މުހިންމު ކަންކަމުގައި ގޮތްކިޔުނން މިއީ ބޭރު ގައުމުތަކުގެ ސަފީރުންގެ ލެވެލްގައި ކުރާކަންކަމަށްވާކަމަށެވެ.
"ކުޑަވިޔަސް މިއީ މިނިވަން ޤައުމެއް" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް ވެކްސިން ކަންތަކުގައި ރައްޔިތުންނަށް އިސްބަހާއެކު ނަޞޭހަތްތެރިވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގައި ސައީދު ވަނީ ވިދާޅުވެފައެވެ.



