އަފްގާނިސްތާން ސުޕްރިމް ކޯޓުގެ އަންހެން ދެ ފަނޑިޔާރުން މަރާލައިފި

އަފްގާނިސްތާން ސުޕްރިމް ކޯޓުގެ އަންހެން ދެ ފަނޑިޔާރުން މަރާލައިފިއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ދިން މި ހަމަލާގައި އަންހެން ދެ ފަނޑިޔާރުން މަރާލައިފައިވަނީ ކާކުކަން ނޭންގޭ މީހަކު އައިސް ބަޑިން ހަމަލާދީގެންނެވެ.

މި ހަމަލާ ދިންކަމަށްވަނީ ފަނޑިޔާރުން މަސައްކަތަށް ދަނިކޮށެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން ނަގާފައި ނުވާއިރު ތޯލިބާން ޖަމާއަތުންވަނީ އެ ޖަމާއަތުން މި ހަމަލާ ނުދޭކަމަށް ބުނެފައެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމް ކުރުމަށް ތޯލިބާނުންނާއި އެމެރިކާއިން މިހާރުވެސް މަޝްވަރާތައް ކުރަމުންދިޔަނަމަވެސް އެގައުމުގައި ދޭ މިފަދަ ހަމަލާތައް މަދުވެފައެއް ނުވެއެވެ. މިފަހަކަށް އައިސް ވަކިވަކި އިސްމީހުން މަރާލުމަށްދޭ މިފަދަ ހަމަލާތައްވަނީ އިތިރުވެފައެވެ.

މިއީ އަފްގާނިސްތާނުގެ ސުޕްރިމްކޯޓަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާ ނޫންކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން 2017 ވަނަ އަހަރު ދިން ކާރު ބޮމުގެ ހަމަލާއެއްގައި ސުޕްރިމްކޯޓުގައި މަސައްކަތްކުރާ 20 މުވައްޒަފަކުވަނީ މަރާލައިފައެވެ.

އަފްގާނިސްތާނުގެ ކޯޓުތަކުގައި 200 އަށްވުރެ ގިނަ އަންހެން ފަނޑިޔާރުން މަސައްކަތް ކުރަމުން ދެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ