ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.
މިގޮތުން އިއްޔެ އެކަނިވެސް ބައި މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށްބަލާއިރު، އިއްޔެ 532,907 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 9,192 މީހުންނެވެ.
މުޅި ދުނިޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 95 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 95,466,618 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް މުޅި ދުނިޔެއިން 68,160,580 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 2,039,131 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.
ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 24,482,050 މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އެގައުމުގައި 14,428,351 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 407,202 މީހުންނެވެ. އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހުރީ 9,646,497 ކޭސް އެވެ. އަދި އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީވެސް އެގައުމުގައެވެ. އެގޮތުން އިއްޔެ އެމެރިކާއިން 174,560 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.
ކޮވިޑްގެ ނުރައްކާ ބޮޑު އެއް ޤައުމުގެ ތެރޭގައި އަވައްޓެރި އިންޑިޔާ ހިމެނެއެވެ. އެގޮތުން އެގައުމުން ޖުމްލަ ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 10,572,672 އަރާފައިވާއިރު އެގައުމުން ރަނގަޅުވެފައި ވަނީ 10,210,697 މީހުންނެވެ. އިއްޔެ އިންޑިއާއިން ވަނީ 13,962 މީހުން ޕޮޒިޓިވް ވެފައެވެ. އަދި މިބަލީގައި އިންޑިޔާއިން މިހާތަނަށް 152,456 މީހަކުވަނީ މަރުވެފައެވެ.



