ހއ.ހޯރަފުށީ ބަނދަރު ސަރަހައްދު އަދި ޕޮލިސް ސްޓޭޝަން - ފެށުން ފޮޓޯ: ވިސާމް

ހޯރަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓޭރޭޓް އަލްއުސްތާޛު މުޙައްމަދު ޝަރީފް ގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮމެޓީއެއް އެކުލަވައިލައިފިއެވެ.

ޖޭއެސްސީ އިން މިއަދު ވިދާޅުވީ ހޯރަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް ތަނާޒުލްވާންޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެމައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައެއް ތަޙްޤީޤު ކުރުމަށް 13 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 4 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށެވެ.

އަދި އެމައްސަލަ ތަޙްޤީޤު ކުރުމަށް ތަޙްޤީޤު ކޮމެޓީއެއް އެކުލަވާލާފައިވާކަމުގައިވެސް ޖޭއެސްސީ އިން ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީން އަންނަނީ ބައެއް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތައް ބަލަމުންނެވެ.

އެގޮތުން މިދިޔަ އަހަރު ފަހުކޮޅުވެސް ޅޮހީ އިސް މެޖިސްޓްރޭޓާއި، ގޮއިދޫ އިސް މެޖިސްޓްރޭޓާއި، މަޑަވެލި މެޖިސްޓްރޭޓްގެވެސް ސުލޫކީ މައްސަލައެއް ބެލުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިއަހަރުވެސް މަރަދޫ ފޭދޫ ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މައްސަލައެއް ބެލުމަށްވެސް ޖޭއެސްސީއިން ނިންމާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ