ޗައިނާގެ ރަން ނަގާ މައިނެއްގެ ތެރޭ ތާށިވެފައި ތިބި 22 މީހުންގެ ތެރެއިން 11 މީހުން ސަލާމަތް ކޮށްފިއެވެ.
މައިނު ތެރޭ މިމީހުން ތާށިވެފައިވަނީ ގޮވުމެއްގެ ސަބަބުން މައިނަށް ވައްނަ ދޮރު ބަންދުވުމާއި ގުޅިގެންނެވެ. މިހާދިސާ ހިނގައިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
މިހާތަނަށް މައިނު ތެރޭ ތާށިވެފައި ތިބި މީހުންގެ ތެރެއިން އެކަކު މަރުވެފައި ވާއިރު މައިނު ތެރެއިން އަދިވެސް ސަލާމަތް ނުކުރެވި 10 މީހުން އެބަތިއްބެވެ.
މިއަދު 11 މީހަކު ސަލާމަތް ކޮށްފައިވާއިރު ދެމީހަކު ފިޔަވައި ސަލާމަތްކުރި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. މައިނުން ސަލާމަތްކުރި އެންމެންވެސް މިހާރުވަނީ ހޮސްޕިޓާތަކަށް ގެންގޮސްފައެވެ.
މައިނު ތެރޭ ބާކީ ތިބި މީހުންގެ ހާލަތު އަދި މާބޮޑަށް ސާފުވެފައި ނުވާއިރު މި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްވެސް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އައްނަނީ ކުރަމުންނެވެ.
މި މައިނަކީ ޝަންޑޮންގް ޕްރޮވިންސްގައި ހުއްނަ ރަން ނަގާ މައިނެކެވެ.



