މޫސުން ގޯސްވެ ބ. އަތޮޅުން ތ.އަތޮޅަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވަނީ، ވައިގަދަވާނެކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން އެ ސަރަހައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 01:45 އިން ފެށިގެން ހަވީރު 06:00 އާއި ހަމައަށެވެ.
Alert White for strong winds of 19-24 mph with rough seas. pic.twitter.com/ZGJhsHDlmI
— Maldives Meteorology (@MetMaldives) January 27, 2021
ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށްވެސް މެޓްއޮފީހުން ވިދާޅުވިއެވެ.
"އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ދެކުނުގެ ސަރަޙައްދަށް ގާތްގަނޑަކަށް ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެން ވޭ" މެޓް އޮފީހުން ވިދާޅުވިއެވެ.



