ނެޓްފްލިކްސްގެ 1 ވަނައިގައި ޕްރިޔަންކާގެ "ދަ ވައިޓް ޓައިގާ!

މި މަހުގެ 22 ގައި ނެޓްފްލިކްސްގައި ރިލީޒްކުރި "ދަ ވައިޓް ޓައިގާ" ނެޓްފްލިްކސްގައި ދުނިޔޭގެ އެންމެ ކާމިޔާބު ފިލްމަށް ވެއްޖެއެވެ.

ޕްރިޔަންކާ ޗޯޕުރާ، ރާޖުކުމާރު ރާއޯ އަދި އަދާޝް ގޮރޭވް ފެނިގެންދިޔަ މި ފިލްމް ނެޓްފްލިކްސްގެ އެއްވަނައަށް އަރާފައިވާއިރު، މި ފިލްމަށް ކްރިޓިކްސްގެ ފަރާތުންނާއި އަދި ފިލްމް ބެލި މީހުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ނެޓްފްލިކްސްގެ އެއްވަނަ އަށް މި ފިލްމް އެރުމުން ޕްރިޔަންކާ ވަނީ، އުފަލުން ދޮޅިފައި ހުރެ  މުޅި ދުނިޔެއިން ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ.

ދަ ވައިޓް ޓައިގާއަކީ، ހަމަ އެނަމުގައި 2008 ވަނަ އަހަރު އަރަވިންދް އަދިގާ ނެރުނު ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމްގައި ކިޔައިދެނީ، ވަރަށް ފަގީރު އާއިލާއެއްގެ މީހަކު ބޮޑު މަހުޖަނަކަށް ވުމަށް ކުރާ މަސައްކަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ