ހުޅުމާލޭގައި ފުލުހުން ހަރަކާތްތެރިވަނީ : ފޮޓޯ - އެމް.ވީ ކްރައިސިސް

މިސްކިތަށް އަރާ ހަމަލާދިން މީހާ ޑީޕޯޓް ކޮއްލައިފި

މި ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ މިސްކިތެއްގައި ހުރި ދިވެއްސަކަށް ހަމަލާދިން އިންޑިޔާ މީހާ ޑީޕޯޓް ކޮއްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އިންޑިޔާ މީހާގެ މައްސަލަގެ ތަހުގީގް ނިންމައި މިދިޔަ ހަފްތާ ތެރޭގައި ވަނީ ޕީޖީއަށް ފޮނުވައިފައި ކަމަށެވެ.

އަދި އެމީހާ ޑީޕޯޓް ކޮއްލުމަށް ޕީޖީއިން ނިންމުމާއި ގުޅިގެން އެމީހާ ވަނީ އިމިގްރޭޝަން އާއި ހަވާލުކުރެވިފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަންޒަރުދުއް ފަރާތްތަކުން މި ނޫހަށް ބުނީ އެ ހަމަނުޖެހުން ހިނގާފައިވަނީ އަސުރުނަމާދު ވަގުތު ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައިކަމަށެވެ.

ހަމަލާދިން މީހާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ބެލެވޭކަމަށް އެވަގުތު މިސްކިތުގައި ހުރި ބައެއްމީހުން ވަނީ ބުނެފައެވެ. އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ އެ މިސްކިތަށްއެރި އުމުރުން ދުވަސްވީ ދިވެއްސަކު ނަމާދުކުރަން ގޮނޑިއެއްނެގުމުން، އެކަމާ އެ އިންޑިއާ މީހާ ހިތްހަމަ ނުޖެހިގެންކަމަށް މަންޒަރުދުއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި އިންޑިއާ މީހާ ގޮސް ދިވެހި އުމުރުން ދުވަސްވީ މީހާގެ ކަރުގައި ހިފި ހިސާބުން މިސްކިތުގައިތިބި އެހެން ދިވެހިން އެމީހާ ހުއްޓުވާ މިސްކިތުން ވަނީ ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ