ޕްރިޔަންކާގެ އަމިއްލަ ހެއާ ކެއާ ބްރޭންޑެއް!

ބޮލީވުޑް އަދި ހޮލީވުޑްގައި މަސައްކަތްކުރަމުން އަންނަ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އަމިއްލަ ހެއާ ކެއާ ބްރޭންޑެއް މިއަދު ލޯންޗުކުރާނެކަން މިދިޔަ ހުކުރު ދުވަހު ޕްރިޔަންކާ ވަނީ އިއުލާންކޮށްފައެވެ.

ޕްރިޔަންކާ މި ވާހަކަ އިއުލާންކުރީ މީސްމީޑިއާ މެދުވެރިކޮށެވެ. އެގޮތުން ޕްރިޔަންކާ ހާމަކުރި ގޮތުގައި، ފާއިތުވި 18 މަސްދުވަސްތެރޭގައި މި މަސައްކަތުގައި އޭނާ ވަނީ ވަގުތު ހޭދަކޮށްފައެވެ. ޕްރިޔަންކާ އުފެއްދި ފުރަތަމަ ބްރޭންޑަށް ކިޔާ ނަމަކީ، "އެނޮމަލީ" އެވެ.

ޕްރިޔަންކާ ހާމަކުރިގޮތުގައި، ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ، އިސްތަށިގަނޑަށް ފަރުވާ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ދިރާސާކޮށް އެކަން ދަސްކޮށްފައެވެ. އަދި މިއަދު އޭނާ ލޯންޗުކުރާ މި ހެއާ ކެއާ ބްރޭންޑްގެ އުފެއްދުންތަކަކީ، ހަމަ އެކަނި ގުދުރަތީ އަދި އޮރްގޭނިކް ބާވަތުން އުފެއްދުންތަކެކެވެ.

މީގެ އިތުރުން މި އުފެއްދުމަށް ބޭނުންކޮށްފައިވާ ފުޅި އަކީ، މޫދަށާއި އެއްގަމަށް އުކާފައި ހުންނަ ޕާސްޓިކް ކުނިން އުފައްދާފައިވާ އެއްޗެއްކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެންދިޔައީ، ނެޓްފްލިކްސްގެ "ދަ ވައިޓް ޓައިގާ" އިންނެވެ. މި ފިލްމް ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދައިފައެވެ. މީގެ އިތުރުންވެސް، ޕްރިޔަންކާގެ އިތުރު ހޮލީވުޑްގެ މަސައްކަތްތައް ކުރިއަށް ރޭވިފައި އެބައޮތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ